އުންމީދީ އެތައް ވާހަކަތަކެއް، ރިޔާސީ އިންތިހާބުގައި ހޮވަންވީ ފާރިސް

ރިޕޯޓް ފަހުގެ

މިމަހު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓް ދީ ރާއްޖޭގެ ރައީސް ކަމަށް ހޮވަންވީ ފާރިސް މައުމޫނެވެ. އެއީ ޒުވާން،ތަޖުރިބާހުރި ލީޑަރަކަށް އެމަނިކުފާނު ވާތީއެވެ.

ފާރިސްގެ ވިސްނުންހުރީ ހުރިހާ ރަށެއްވެސް ތަރައްގީ ވާން ޖެހޭނީ ހަމަހަމަކޮށް ކަމަށެވެ. އަދި ރަށްތައް ތަރައްގީ ކުރުމުގައި ސިޔާސީ ނުފޫޒުން ދުރުވާންޖެހޭކަމަށްވެސް ފާރިސް ދެކެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ދިވެހިންގެ ރަންބިސް އަޅާ ކުކުޅު، ޓޫރިޒަމް ނޫން އެހެން ސިނާއަތަކަށް ބަދަލުވާން ޖެހޭކަމަށް ފާރިސް ގަބޫލު ކުރައްވައެވެ. އެގޮތުން ފާރިސް ވިދާޅުވީއިގްތިސާދު ޑައިވާސިފައި ކުރާ ވާހަކަ އެންމެންވެސް ދައްކާ ކަމަށެވެ. ނަމަވެސް ހަގީގަތުގައި ޑައިވާސިފިކޭޝަން ގެނެސްދެވުނު ސަރުކާރެއް އަދި ނެތް ކަމަށެވެ.

އެހެން ކަމުން ރާއްޖެ މިހާރު ފައްކާވެފައިވާ ކްރިއޭޓިވް ޑިޖިޓަލް ނިޒާމަށް އޭނާގެ ތަސައްވަރު ހުރިކަމަށެވެ. އެހެންވެ އެކަން މެނިފެސްޓޯގައިވެސް ހިމަނާފައިވެއެވެ.

އެކަށީގެންވާ ޓްރެއިނިންގ ދިވެހިންނަށް ދެވިއްޖެ ނަމަ އޮންލައިން ވިޔަފާރިތަކާއި، އިތުރަށް އޮންލައިންކޮށް ކުރެވޭ މަސައްކަތްތައް ކުރުމުގެ މަގުފަހިވެގެންދާނެ، ރާއްޖޭގައި އެފަދަ މަސައްކަތްތައް ކުރަން ބޭނުންވާ، ކުރާ ހިތްވާ އެތައް ބަޔަކު އެބަ ތިބިފާރިސް

މިކަންކަން ކުރެވޭނީ ބޮޑެތި ބަދަލުތަކެއް ގާނޫނުތަކަށް ގެނެސްގެން ރައްޔިތުންވެސް ކެރިގެން ރިސްކުތައް ނަގައިގެން ކަަމަށާއި އެހެން ނޫނީ ދެން އޮތްހަރުފަތަށް ރާއްޖެ ނުގެންދެވޭނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސްގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ!

ފާރިސްގެ އެއް އަމާޒަކީ އިންތިހާބު ބާވަން 6 މަސްދުވަހަށް ވުމުން ސަރުކާރުން އައު މަޝްރޫއުތައް ނުފެށުމާ، އިންތިހާބާ ދިމާކޮށް ސަރުކާރުތަކުން އުފައްދާވަޒީފާތައް އަދި މަގާމުގެ ކުރިއެރުން ހުއްޓުވާލުމެވެ.

އަދި ސަރުކާރުން ކުރާ ދަތުރުތަކުގައި ވަކި މިންގަނޑެއް ބޭއްވުމާ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެވޭނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ. ކެންޕެއިނަށް ފައިސާ ހޯދުމާއި ސިޔާސީ ހަރަކާތްތަކަށް ފައިސާ ހޯދުމާއި ހަރަދުކުރުމުގައި މިހާރު ގާނޫނަށް ނުބަލާ ކަމަށާ އެކަން ކަން ބެލޭނެ ހަރުދަނާނިޒާމެއް ގާއިމު ކުރާނެ ކަމަށް ފާރިސްގެ ތަސައްވަރުގައި ހިމެނެއެވެ.

ގާނޫނު އަސާސީގެ ބޭރުން ހިނގާ ނިޒާމެއް!

ގާނޫނު އަސާސީގެ ބޭރުން އެހެން ޕެރެލެލް ސިސްޓަމެއް އެބަ ހިނގާ ކަމަށް ފާރިސް ވިދާޅުވިއެވެ. އެހެން ކަމުން އިސްލާހުތަކެއް ގެންނަން އެބަ ޖެހޭކަމަށާއި، މީގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް ޖަވާބުދާރީ ކުރެވޭނެ ގޮތެއް، މެންބަރުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ހަދަންޖެހޭ ކަމަށް އޭނާފާހަގަކުރެއްވިއެވެ.

އަދި މިނިވަން މުއައްސަސާތައް އިތުރަށް މިނިވަންކުރަން ކުރަން ޖެހޭ ކަންތައްތަކެއް އެބަ ހުރި ކަމަށާއި މިކަންކަން މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށްފާރިސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ