ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިއަރ ފުޓްސަލް މުބާރާތުގެ ފައިނަލު މެޗުގައި ދޮށިމޭނާ ހައުސްގެ މައްޗަށް 3-2 ން ކުރި ހޯދައިގެން އެ މުބާރާތުގެ ތަށި ގާޒީ ހައުސް އުފުލައިލައިފިއެވެ.
ބުރާސްފަތި ދުވަހު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލު މެޗުގައި ގާޒީ ހައުސްއަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު މަމްދޫހު، އަހުމަދު މުސްތާގުގެ އިތުރުން އަހުމަދު މާޒިންއެވެ. ދޮށިމޭނާ ހައުސް ގެ ލަނޑުތައް ޖެހީ ފަރުޝާން އިބްރާހިމް އާއި އަލީ ހައިޝަމްއެވެ.
ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ގާޒީ ހައުސްގެ މުހައްމަދު މަމްދޫހް އެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަވަނަ އަށްދިޔަ ޓީމުތަކަށާއި ކުޅުންތެރިންއަށް ވަނީ އިނާމު ހަވާލުކޮަށްފައެވެ. އެގޮތުން ގަދަ 5 ކުޅުންތެރިންއަށާއި ފެއަރޕްލޭ ކުޅުންތެރިޔާއަށް އިނާމު ހަވާލުކޮށްދެއްވީ ސާއްބަ އެކުވެރި ކުލަބުގެ ޖެނަރަލް ސެކެރެޓަރީ ދާޢޫދު ރަޝީދު އެވެ. ފެއަރޕްލޭ ޓީމަށް އިނާމު ހަވާލުކޮށްދެއްވީ ކެތިއަރާގެ ރައީސް އަލީ އިބްރާހިމެވެ. ރަނަރއަޕް ޓީމަށް އިނާމު ހަވާލުކޮށްދެއްވީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ސްޕޯޓް ސެކެރެޓަރީ ނޫރު ﷲ ޠަހާއެވެ. އަދި ޗެންޕިއަން ޓީމަށް އިނާމު ހަވާލުކޮށްދެއްވީ މި މުބާރާތުގެ ޝަރަފުވެރި މެހެމާން ހަނިމާދޫގެ ފުޓްބޯޅައަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމުގައިވާ ޢަބްދުއް ރަޢޫފް އަލީއެވެ.
މި މުބާރާތުގައި ހޮވާފައިވާ ވަނަތައް:
- އެންމެ މޮޅު ފަސް ކުޅުންތެރިން
- މުހައްމަދު މަމްދޫހް – ގާޒީ ހައުސް
- އަލީ ހައިޝަމް – ދޮށިމޭނާ ހައުސް
- ނާއިލް ޔޫސުފް – ގާޒީ ހައުސް
- އަހުމަދު ސަމާހް – ގާޒީ ހައުސް
- ހުސެއިން ސަލްވާން – ދޮށިމޭނާ ހައުސް
- ފެއަރޕްލޭ ކުޅުންތެރިޔާ – އަފުރާހް ހަސަން/ ގާޒީ ހައުސް
- ޗެންޕިއަން ޓީމް – ގާޒީ ހައުސް
- ރަނަރއަޕް ޓީމް – ދޮށިމޭނާ ހައުސް
- ފެއަރޕްލޭ ޓީމް – ހުރަވީ ހައުސް




ފޮޓޯ : ބްލެސިންގް ސެން


