މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ބަހާއި ފެރީގައި ހިލޭ ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލެ ސަރަހައްދު އަދި އަތޮޅުތެރޭގައި ފޯރުކޮށްދެމުން އަންނަ އާންމު ބަހުގެހިދުމަތާއި މާލެ ސަރަހައްދުގައި ފޯރުކޮށްދެމުން އަންނަ ވިލިމާލެ އަދި ހުޅުމާލެ ފެރީ ހިދުމަތުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މިއަދުންފެށިގެން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެގޮތުން ދަރިވަރުން ތައުލީމް ހާސިލުކުރަމުންދާ ކޮލެޖް ނުވަތަ ޔުނިވާސިޓީން ދޫކޮށްފައިވާ ސްޓޫޑެންޓް ކާޑު ބޭނުންކޮށްގެން އާންމު ދަތުރުފަތުރުގެ ހިދުމަތްތަކުގައި ދަރިވަރުންނަށް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ހުރިހާ އާންމު ދަތުރުފަތުރުގެ ހިދުމަތެއްގައި މިހާރުވެސް 65 އަހަރުން މަތީގެ މީހުންނަށާއިތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ބޭނުންކޮށްގެން ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށްނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު މެދުވެރިކޮށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހަމައެއާއެކު އެމްޓީސީސީން ބުނި ގޮތުގައި ޔުނިފޯމް އަދި އެކްޓިވިޓީ ޔުނިފޯމްގައި ތިބޭ ސްކޫލް ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ