ރައީސް ޔާމީން ޑރ.މުޢިއްޒުއަށް ތާއީދު ނުކުރާކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް – ތޮލާލް

ފަހުގެ ސިޔާސީ

ރައީސް ޔާމީން ޑރ.މުޢިއްޒުއަށް ތާއީދު ނުކުރާކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުޙައްމަދުމުޢިއްޒުގެ ކެންޕެއިން ތަރުޖަމާނު، މުޙައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

މިއީ އެމްޑީޕީން ބަހަމުންދިޔަ ލިޔުމެއްގައި އޮތް ވާހަކައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެ ލިޔުމުގައި ރައީސް ޔާމީންގެ އަގު ވެއްޓޭ ގޮތަށް ބައެއް ވާހަކަތަކާއި،ޑރ.މުޢިއްޒުއަށް ތާއީދު ނުކުރާކަމަށް ރައީސް ޔާމީން ވިދާޅުވާކަމަށް ބުނެފައި ވަނީ ހަގީގަތާ ހިލާފަށް ކަމަށް ތޮލާލް ވިދާޚުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މިވަގުތު ރާއްޖޭގައި ތިއްބެވި ސިޔާސީ ޝަހުސިއްތަތުތަކުގެ ތެރެއިން ރައީސް ޔާމީންއާ ގާތްކުރެވޭނެ ޝަހުސިއްޔަތެއް ނެތް ކަމަށާއި، އެމަނިކުފާނަ ކީކުޑަކުދިން ދައްކާ ކަހަލަ ވާހަކަ ދައްކަވާނެ ބޭފުޅެއް ނޫން ކަމަށާއި، އެއީ އެއަށްވުރެމެޗުއަރޑްޕޮލިޓީޝަނެއް ކަމަށްވެސް ތޮލާލް ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިފަދަ ވާހަކަތައް ގަބޫލު ނުކުރުމަށް ސަޕޯޓަރުންގެ އަރިހުން ތޮލާލް އެދިލެއްވިއެވެ. އެއީ ބައިބައި ކުރުމަށް އެމްޑީޕީން ކުރަމުން ގެންދާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން އެދިލައްވަނީ ޑރ.މުޢިއްޒުއަށް މި އިންތިހާބު ކާމިޔާބުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުންކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ