ޕްރިޒަން އޮފިސަރުން ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުން ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށައިފިއެވެ.

ކަރެކްޝަނުން ވިދާޅުވީ އެ އޮފިސަރުންގެ ތެރެއިން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ ފްރޮންޓްލައިންގައި ހަރަކާތްތެރިވާ އޮފިސަރުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ޖަލުތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައި ވެސް ބޮޑީވޯރން ކެމެރާ ބޭނުންކުރާނެ ކަމަށް ކަރެކްޝަނުން މައުލޫމާތު ދެއްވައެވެ.

ބޮޑީވޯން ކެމެރާ މެދުވެރިކޮށް ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށާއި އަދި ޖަލުތެރޭގައި ދިމާވެދާނެ ހާދިސާއެއް ތަހުގީގުކުރަންޖެހޭ ހާލަތުގައި، އެމްސީއެސްގެ އެތެރޭންނާއި ބޭރުން ތަހުގީގުކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިންގ އޮތުމުން އެ މައްސަލަ ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް ކަރެންޝަނުން ވިދާޅުވެއެވެ.

ކަރެކްޝަނުން ވިދާޅުވީ މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުޙިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް ކަމަށެވެ.

ފްރީ ޓްރަޔަލްއެއްގެ ގޮތުން ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ އެމެރިކާގެ އެކްސޮން ކުންފުނީގެ ދިވެހިރާއްޖޭގެ ޑިސްޓްރިބިއުޓަރ ޒެޓާ ޓެކްނޮލޮޖީސްއާއެކު 17 ފެބްރުވަރީ 2022 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މުސްތަގްބަލްގައި މި ކެމެރާތައް ދާއިމީކޮށް ބޭނުންކުރަން ފަށާނެ ކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ