މާލެއިން 35 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަނީ

ޚަބަރު ފަހުގެ

ކ.މާލެ، މއ. ލެއްގި / ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (35އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ 6 ވަނަ ދުވަހުގެ 19:00 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަަށް ފުލުހުން ބުނެފިއެވެ.

އޭނާ  އެންމެފަހުން ފެނިފައިވަނީ އޮގަސްޓް 31 ވަނަ ދުވަހުގެ 23:00 އެހައިކަންހާއިރު ކަމާއި އޭރު ލައިގެންހުރީ އަޅިކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖީންސެންކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޢަބްދުލްޣަފޫރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ