ދީނީ ދަޢުވަތަށް ރައީސެއްގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން މި ދައުރުގައި ލިބިގެންދިޔަ – އިޔާޒު

ފަހުގެ ސިޔާސީ

ދީނީ ދަޢުވަތަށް ރައީސެއްގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން މި ދައުރުގައި ލިބިގެންދިޔަ ކަމަށް އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒު އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ރައީސް ސޯލިހުގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން  އިޔާޒު ވިދާޅުވީ  ދިވެހިރާއްޖެ މިއަދު މި ދެކޭ ފާގަތިކަން މިފެންނަނީ الله ގެ ރަޙްމަތަށްފަހު، ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަބަބުން ކަމަށެވެ. ރައީސް ދެއްކެވި ޙިކުމަތްތެރިކަމާއި އަޚުލާޤަކީއެކަމަކަށްޓަކާ ފަޚުރުވެރިވާ، ޝުކުރުވެރިވާ ކަމެއް ކަމަށްވެސް އިޔާޒު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ހަމައެހެންމެ ދިވެހި ރާއްޖޭގެ ދީނީ މަސްލަހަތު ހިމާޔަތްކުރަން ޖެހުނު ކޮންމެ ވަގުތެއްގައި އަދާލަތު ޕާޓީއަށްވުރެ ކުރި ހޯދުނު ޖަމާޢަތެއް ނެތް ކަމަށާއި،އެޕާޓީން ރައީސް ސޯލިހުއާއެކު ނުކުމެ މިތިބީ ހަމަ މި ޝަރުތުތަކުގެ މަތީގައި ކަމަށްވެސް އިޔާޒު ވިދާޅުވިއެވެ. އަދި އެމަނިކުފާނު އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ހިޔާނާތްތެރިވާ ކަމުގެ ކުޑަވެސް އިޝާރާތެއް ވެއްޖެ ނަމަ އެކަމާ ދެކޮޅަށް ތެދުވެ ބަސް ބުނާނެ ކަމަށްވެސް އިޔާޒުވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ