ރިޔާސީ އިންތިހާބަށް އިލެކްޝަން ކޮމިޝަން އޮތީ ފުރިހަމައަށް ތައްޔާރަށް

ޚަބަރު ފަހުގެ

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމުގައި އެ ކޮމިޝަނުން ބުނެފިއެވެ.

މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވަރަށް ފުރިހަމައަށް ތައްޔާރުވެވި އިންތިޒާމުތައް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހަބީބް އިލްތިމާސްކުރެއްވީ ދުރާލާ ވޯޓުލާ ފޮށީގެ މައުލޫމާތު ހޯދާ، ވޯޓުލާން ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ޕާސްޕޯޓު ކާޑު ނުވަތަ ލައިސަންސް ގެންދިއުމަށެވެ.

ކެމްޕޭނު ކުރުމުގެ ފުރުސަތުގެ ވަގުތު މިއަދު ހަވީރު 06:00 އަށް ހަމަވެފައިވާއިރު އާދީއްތަ ދުވަހުގެ ހެނދުނު 06:00 އާއި ހަމައަށް ޖަގަހަތައްވެސް ހުޅުވާފައި ނުބެހެއްޓޭނެކަމަށް މިހާރު ވަނީ ނިންމާފައެވެ. އެހެންނަމަވެސް ޖަގަހަތައް ބަންދުކޮށްގެން އެތެރޭގައި އިދާރީ ކަންކަން ކުރުމަކުން މައްސަލައެއްނެތްކަންވެސް ހަބީބު ފާހަގަކުރެއްވިއެވެ.

މާދަމާ ވޯޓުލުން ފަށާ ގަޑިއަކީ ހެނދުނު 08:00 ނަމަވެސް 07:30 ގައި ކިޔު ހުޅުވާލާނެކަން ހަބީބު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ