ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށް

ޚަބަރު ފަހުގެ

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިއަދު ފަށައިފިއެވެ. 8.00 ގައި ވޯޓުލާން ފެށިއިރު ހެދުނު 7:00 އިންފެށިގެން ވޯޓުލާ މަރުކަޒުތައް ދޮށުގައި މީހުން ވަނީ ކިޔު ހަދަން ފަށާފައެވެ.

ވޯޓުލުން މިހާރު ފެށިގެން ކުރިއަށްދާއިރު، ވޯޓުފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހަވީރު 4:00 އެވެ. ނަމަވެސް ގަޑިޖެހޭއިރު ކިއުގައި ބަޔަކު ތިބިނަމަ އެ ފަރާތްތަކަށް ވޯޓުލާން ފުރުސަތު ދެވޭނެ އެވެ. އެއަށްފަހު ވޯޓުފޮށި ބަންދުކުރެވިގެންދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރުމަށްފަހު 30 މިނެޓު ފަހުންނެވެ. ބެލެވޭ ގޮތުގައި އިންތިހާބުގެ ވަގުތީ ނަތީޖާއެއް މިރޭގެ ވަގުތެއްގައި އިނގިގެންދާނެ އެވެ. އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ނުކުރެވިއްޖެ ނަމަ އެންމެ މަތީ ނަތީޖާ ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ދެވަނަ ބުރުއޮންނާނީ މި މަހުގެ 30 ގައެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް ސޯލިހުގެ އިތުރުން ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވަނީ ޕީޕީއެމް ޕީއެންސީގެ މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ހަސަން ޒަމީލް އަމިއްލަ ގޮތުން ވާދަކުރައްވައެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ވޯޓުލީ މީހުންގެ 50 ޕސެންޓުގެ އިތުރުން އެއް ވޯޓު ލިބިގެނެވެ. އެ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓުނުލިބޭނަަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ