ރައީސް ސޯލިހު ވޯޓު ލައްވައިފި

ޚަބަރު ފަހުގެ

މިހާރު ހިނގަމުންދާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވޯޓުލައްވައިފިއެވެ.

އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ޅ. ހިންނަވަރު ރައްޔިތުން ވޯޓު ލުމަށް ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އެގޮތުން ހެނދުނު 10:45 ހާއިރު އެމަނިކުފާނު ވަނީ ވޯޓު ލައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 90 އިންސައްތަ މީހުން ވޯޓުލާނެކަމަށް ޔަގީންކުރައްވާ ކަމަށާއި، އިންތިޚާބު ރަނގަޅަށް ކުރިއަށްދާކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ، މިނިވަން ކެމްޕޭނަކަށްފަހު ވޯޓުލާން ފުރުސަތު ލިބިގެން ގޮސްފައިވާކަމަށާއި، މިއީ ކުރިން އިންތިޚާބުތަކުގައި ނުފެންނަ މަންޒަރެއް ކަމަށެވެ. އެގޮތުން މިއީ މުޅި ރާއްޖެ ދެކޭ އެންމެ ޑިމޮކްރަޓިކް އެއް އިންތިޚާބަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހުރިހާ ރައްޔިތުންވެސް ވޯޓު ލުމުގެ ހައްގު ބޭނުންކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ