ނޯތު ހާބަރު ފަޅުތެރޭ މޫދުގައި އޮތް މީހަކު ފުލުހުން ސަލާމަތްކޮށްފި

ޚަބަރު ފަހުގެ

މާލޭ ނޯތު ހާބަރު ފަޅުތެރޭ މޫދުގައި މީހަކު އޮތްކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 9.30 ހާއިރު ފުލުހުންނަށް ލިބިގެން އެކަމަށް އެޓެންޑްވެފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

އަދި އެމީހާ މޫދުން ނަގާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީ ދޫކޮށްލާފައިވާކަމަށް ފުލުހުނުް މަޢުލޫމާތުދެއެވެ. ނަމަވެސް އެމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ