ފަރަގު ފުޅާކޮށް، މުއިއްޒު ބޮޑުތަނުން ކުރި ހޯއްދަވަނީ

ފަހުގެ ސިޔާސީ

މިއަދު ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ބޮޑު ތަނުން ކުރި ހޯއްދަވަން ފައްޓަވައިފިއެވެ.

މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ. މުއިއްޒު ވަނީ 60،324 ވޯޓު ހޯއްދަވައިފައެވެ. އެއީ ވޯޓު ދިން މީހުންގެ %44.5 ވޯޓެވެ. މުއިއްޒާ ވާދަކުރައްވަނީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނަށް 52،984 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓު ދިން މީހުންގެ %39.1 މީހުންނެވެ. އެ ދެ ބޭފުޅުންނާ ކައިރިކޮށްލެވޭ އިތުރު ކެންޑިޑޭޓެއް ދެން ނެތެވެ.

އިޝްތިހާރު
އިޝްތިހާރު

ވޯޓު ގުނަން ފަށައި، ނަތީޖާތައް އިއުލާންކުރަމުން ދިޔައިރު މުއިއްޒާއި ރައީސްގެ ވޯޓުގެ ތަފާތު އުޅުނީ ވަރަށް ކައިރި ކައިރީގައެވެ. އެކަމަކު، މުއިއްޒު ފަރަގު ބޮޑުކުރައްވަމުން ގެންދެވީ އާބާދީ ބޮޑެތި ރަށްތަކުން ރަނގަޅު ނަތީޖާތަކެއް ހޯއްދަވަމުން ގެންދެވުމުގެ ސަބަބުންނެވެ.

ނަތީޖާތައް މިހެން ހުރުމުން، ދެވަނަ ބުރަކަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ އިތުރަށް ވޯޓު ލިބިފައިނުވާތީއެވެ.

ޖުމުލަ 574 ވޯޓު ފޮށި ބެހެއްޓިއިރު މިހާތަނަށް އައިއިރު ވަނީ 383 ވޯޓު ފޮށީގެ ނަތީޖާ ވަނީ ލިބިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ