ލާމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ޚަބަރު ފަހުގެ

ލ. ގަން ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ލ. ގަން ލިންކް ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ އިރުއޮއްސި 18:25 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާ އާއި ކާރުގައި ތިބި ދެމީހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު އެ ދެމީހުންގެ ތެރެއިން ސައިކަލު ދުއްވަން އިން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވާކަމަށް ރޭ 1:51 ހާއިރު ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މަރުވީ އުމުރުން 41 އަހަރު ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އޭނާ އަކީ ލައިސަންސް އޮތް މީހެއް ކަމަށެވެ.

މީގެއިތުރުން ކާރު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ އަކީ ކާރު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ