ޕީޕީއެމް ހަނިމާދޫ ދާއިރާގެ ރައީސް އިދުރީސް ހަނިމާދޫ ދާއިރާ މަޖިލިސް ގޮނޑިއަށް ވާދަކުރަން ނިންމަވައިފި

ހަނިމާދޫ ފަހުގެ

ޕީޕީއެމް ހަނިމާދޫ ދާއިރާގެ ރައީސްގެ މަގާމުގައި ހުންނެވި ހދ.ހަނިމާދޫ އިރުދޯދި އިދުރީސް ޢަބްދުﷲ 2024 ވަނަ އަހަރު ހަނިމާދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރަން ނިންމަވައިފިއެވެ. މިކަން އެމަނިކުފާނު ވަނީ ގޮށްކޮޅަށް ކަށަވަރު ކޮށްދެއްވާފައެވެ.

އެމަނިކުފާނު ހަނިމާދޫ ދާއިރާގެ މަޖިލީސް ގޮނޑިއަށް ވާދަކުރަން ނިންމަވާފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެމަނިކުފާނަށް ޕީޕީއެމްގެ ފަރާތުން 2019 ވަނަ އަހަރުވެސް ވަނީ މަޖިލީހަށް ވާދަކުރަން ޓިކެޓް އަރުވާފައެވެ. އެފަހަރު ޓިކެޓް އަރުވާފައިވަނީ ޕްރައިމަރީއަކާ ނުލައެވެ.

ނަމަވެސް އެފަހަރު ޕީޕީއެމްއިން ޖުމްހުރީ ޕާޓީ ނެރުނު ކެންޑިޑޭޓު ޙުސައިން ޝަހުދީ އަށް ތާއީދު ކުރުމުގެ ގޮތުން ވަނީ އެ ޓިކެޓް ބާތިލްކޮށްފައެވެ. އެއާއެކު އެމަނިކުފާނު ވަނީ އެފަހަރު އަމިއްލަ ގޮތުން އެ އިންތިހާބުގައި ވާދަކޮށްފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އިދުރީސް ވާދަކުރަން ނިންމާފައިވާއިރު ހަނިމާދޫ ދާއިރާގެ ނައިބުރައިސްގެ މަގާމުގައި ހުންނެވި ޢަހްމަދު ޢަޒުމީ ވެސް ވަނީ 2024 ވަނަ އަހަރު މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެކަން ފޭސްބުކްގައި އާންމުކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ