ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައިނުވޭ – ފުލުހުން

ޚަބަރު ފަހުގެ

ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނީ އޮންލައިން ނޫސްދިޔަރެސްގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެންނެވެ. އެ ލިޔުމުގައި ވަނީ އިންތިހާބުގައި ތާއީދު ހޯދުމަށް300 ފުލުހުންނަށް ޕްރޮމޯޝަން ދޭން ސަރުކާރުން އަންގާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިކަމާ ގުޅިގެން ފުލުހުން ބުނީ އިންތިހާބާ ގުޅިގެންވެސް، އަދި އެނޫން އިރެއްގައިވެސް މިދިޔަ 5 އަހަރު ތެރޭ އެއްވެސް ފުލުހަކަަށް ޕްރޮމޯޝަން ދިނުމަށްސަރުކާރުން އަންގާފައި ނުވާކަމަށެވެ.

މީގެ އިތުރުން ޕްރޮމޯޝަން ދިނުމަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުގައިވާ ގޮތުގެ މަތިން ފުލުހުންގެ ތެރޭގައި ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ޕްރޮމޯޝަން ބޯޑުން ނިންމާ ނިންމުމެއްގެ މައްޗަށް ކުރެވޭ ކަމެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ