މި ޤައުމުގެ އިޤްތިޞާދު ނަގާ ކޮޅަށް ޖަހާނެ ކަމަށް ޑރ.މުޢިއްޒު ވިދާަޅުވެއްޖެ

ފަހުގެ ސިޔާސީ

މި ޤައުމުގެ އިޤްތިޞާދު ވައްޓާލާފައި މިވާ އަނދަވަޅުން ނަގާ ކޮޅަށް ޖަހާނެ ކަމަށް ޑރ.މުޢިއްޒު ވިދާަޅުވެއްޖެއެވެ.

ރޭ އާޓިފިޝަލް ބީޗުގައި ބޭއްވިޝުކުރިއްޔާ ދިވެހީންއިވެންޓުގައި ވާހަކަދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ މިއަދު ކުދި ވިޔަފާރިތައް ވަނީ ބަނގުރޫޓުވެފައިކަމަށާއި، މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަކަށް ނުދެވޭ ކަމަށާއި، އަދި ބޮޑެތި ވިޔަފާރި ތަކަށްވެސް އެކަށީގެންވާ ފައިދާއެއް ނުލިބޭކަމަށެވެ. ހަމައެއާއެކު އިޤްތިޞާދީ އަސާސްތައް ވަނީ މުގުރާލާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އިޤްތިޞާދު ނަގާ ކޮޅަށް ޖަހާނެ ކަމަށް ޑރ. މުޢިއްޒު ޔަޤީންކަންދެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތްވެސް ނަގާ ކޮޅަށް ޖަހާ، މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުރިހާ އެންމެނަކީ ވަރަށް ފުދުންތެރި ބަޔަކަށް ހައްދަވާނެކަމަށް  ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި މަސްވެރިކަމަކީ އެކަމުން ނަފާ ލިބި ދިވެހި ރާއްޖެއަށް އެކަމުން ފުރިހަމަ ފައިދާވާ ސިނާއަތަކަށް ހައްދަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

އަދި މި ޤައުމުގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމުން މި ޤައުމު ފުދުންތެރި ޤައުމަކަށް ވާނެ ކަމަށްވެސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ