މުއިއްޒު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިން ހަރަކާތްތައް ފައްޓަވައިފި

ފަހުގެ ސިޔާސީ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިން ހަރަކާތްތައް ފައްޓަވައިފިއެވެ.

ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ބުނީ، ދެވަނަ ބުރަށް ކުރާ ކެމްޕެއިން ހަރަކާތްތައް މިއަދު ފަށާފައިވާ ކަމަށާއި އެ ގޮތުން މާލޭގެ ހެންވޭރުގައި ދޮރުންދޮރަށް ކެމްޕެއިން ފަށާފައިވާ ކަމަށެވެ. މި ހަރާކަތުގައި ޑރ. މުއިއްޒު ބައިވެރިވެވަޑައިގެން ހެންވޭރުގެ ގޭގެއަށް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތައް ދަނީ އަޑުއައްސަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން މިއަދު ހެނދުނު ޑރ. މުއިއްޒު ވަނީ މާލޭގެ ދާއިރާތަކުގެ ކެމްޕެއިންގައި އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކާ ވެސް ބައްދަލު ކުރައްވާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައިވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރަށް މުއިއްޒު ކެމްޕެއިން ފައްޓަވާފައިވާ އިރު، ރައީސް ސޯލިހްގެ ފަރާތްޕުޅުން ކެމްޕެއިން ޓީމުން އަންނަނީ ދެވަނަ ބުރުގެ ކެމްޕެއިންނަށް ތައްޔާރު ވުމަށް މަޝްވަރާ ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ