ހުޅުމާލެ ގެއެއްގައި އަލިފާން ރޯވެއްޖެ

ޚަބަރު ފަހުގެ

ހުޅުމާލެ ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

އަލިފާން ރޯވެފައިވަނީ ހުޅުމާލެ އަމީން އެވެނިއު ކައިރީގައި ހުރި ގެއެއްގެ ޓެރަސްގަައި ޓިނުން ހަދާފައިވާ ތަނެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:39 ހާއިރުއެވެ. އެ ރިޕޯޓާ އެކު ހުޅުމާލެ ފަޔާ ސްޓޭޝަނުގެ ފަރާތުން ވަނީ ހަރަކާތްތެރިވެފައެވެ.

ކުޑައިރުކޮޅެެއްގެ ތެރޭގައި އަލިފާންގަނޑު ނިއްވާލާފައިވާއިރު، މި ހާދިސާގައި މިހާތަނަށް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ