ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ތިން ތަނެއް ބަލާ ފާސްކޮށްފި

ޚަބަރު ފަހުގެ

ޓެރަރިޒަމް ހަމަލާގެ މައްސަލައަކާ ގުޅިގެން ތިން ތަނެއް ބަލާ ފާސްކޮށްފިއެވެ.

ފުލުހުން ބުނީ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަތަރު ދިވެއްސަކު ރާއްޖެއާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގެ ހެކި ބޭރުގެ ދެގައުމަކުން ހިއްސާ ކޮށްފައި ވާ ކަމަށެވެ. އަދި ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައި ވާކަމުގެ ހެކިވެސް އެ ދެ ގައުމުން ކޮށްފައިވާ ތަހުގީގުން ހާމަވެފައިވާ ކަމަށް އަންގާފައި ވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި 3 ތަނެއް މިއަދު ބަލާފާސްކޮށްފައި ވާކަން ފާހަގަ ކުރަމުން ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ބޭނުމަށް ޑިޖިޓަލް ޑިވައިސްތަކެއް ހިފެހެއްޓިފައިވާ ކަމަށެވެ.

ފުލުހުން އިތުރަަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މި މައްސަލައިގައި މައުލޫމާތު ފޯރުކޮށްދީފައިވާ ގައުމުތަކުގެ ތަހުގީގަށް ބޭނުންވާ އެހީތެރިކަން ދިވެހި ފުލުހުންގެ ހިދުމަތުންވެސް ފޯރުކޮށްދެމުންދާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ