މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރާނެކަމަށް ޑރ. މުއިއްޒު ވިދާޅުވެއްޖެ

ފަހުގެ ސިޔާސީ

ވެރިކަން ލިބިވަޑައިގެންފިނަމަ ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރާނެ ކަމުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ހުޅުމާލެ އަކީ އެތައްހާސް ރައްޔިތުން ދިރިއުޅޭ ތަނަކަށްވާއިރު އެތަނަށް ހިދުމަތް ދެވޭނީރައްޔިތުން އިންތިހާބުކޮށްފައިވާ ބަޔަކަށް ކަމަށެވެ. އާބަންކޯ އަކީ ވިޔަފާރި ކުންފުންޏެއް ކަމަަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ކުންފުންޏަކަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އިހްސާސްތައް ނޭނގޭނެ ކަމަށެވެ. އެހެންކަމުން ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެންނާނެ ކަމުގެ ޔަގީންކަންދެއްވި އެވެ.

އިޝްތިހާރު
އިޝްތިހާރު

މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވައުދުވެވަޑައިގެންފައިވާ ކަމެކެވެ. ނަމަވެސް އެންމެ ފަހުންބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެއިން އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު ހުޅުމާލެ، މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުން ސަރުކާރުން ވަނީ ފަސްކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ