އިންތިހާބުގެ ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ – ރައީސް ސޯލިހު

ފަހުގެ ސިޔާސީ

އިންތިހާބުގެ ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރެވޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މިހައްމަދު ސޯލިހުވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ކެމްޕޭންޓީމް ތަކާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އަދި ރައީސް ވިދާޅުވީ އިންތިޚާބުގެފުރަތަމަ ބުރުން ނިކުތް ނަތީޖާއާއި އިންތިޚާބުތަކުގައި ނާކާމިޔާބީއަކީ އެމްޑީޕީއަށް އާ ކަމެއް ނޫން ކަމަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހެދުނުގޯސްތައް ދެނެގަނެވިއްޖެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްކޮށް، އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު


އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން އެމްޑީޕީއަށް މީހުން ނުނެރެވުނު ސަބަބާއި، ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ ވަރަށް ރަނގަޅަށް ރާވައި،އެކަންކަން ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އިންތިޒާމްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ޞާލިހް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ތާޢިދުކުރާ އެތައް ބަޔަކަށް ވޯޓު ނުލެވި އެބަތިބިކަމަށާއި، ކުރިއަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވެއްޖެނަމަ ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. އަދި އެމަނިކުފާނު ވަނީ ފުރަތަމަ ބުރުގައިވޯޓުލާފައި ވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިހާބެއްގައި އެންމެ މަދުން ވޯޓުލީ ފަހަރުކަންވެސް ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ މީހެއްގެ ވޯޓަކީ މުހިންމު ވޯޓެކެވެ. އެ ވޯޓު ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ