ޑރ. މުޢިއްޒުގެ ނަމުގައި ފޭކް ބަޔާނެއް ދައުރު ކުރަނީ

ފަހުގެ ސިޔާސީ

ޕީޕީއެމްޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި ދައުރުކުރަމުންދާ ބަޔާނަކީ އަސްލުބަޔާނެއް ނޫން ކަމަށާއި، މިކަންހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އެ ކޯލިޝަނުން ނޫސް ބަޔާނެއް ނެރެފިއެވެ.

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި ދައުރުކުރަމުންދާ ބަޔާނަކީ އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއް ނޫން ކަމަށާއިއެއީ ބަޔަކު މީހުން ހަދާފައިވާ އެއްޗެއް ކަމުގައި އެ ބަޔާނުގައި ވެއެވެ. މިއީ ރިޔާސީ އިންތިޚާބުން ބަލިވާނެކަން ކަށަވަރުވުމުން ރައްޔިތުންގެ ހިތްތަކުގައި، ޚާއްސަކޮށް އެ ކޯލިޝަނަށް ތާއީދުކުރާ މީހުންގެ ހިތްތަކުގައި ޝައްކު އުފައްދާ އޮޅުވާލުމަށް ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެއް ކަމަށްވެސް ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީޕީއެމް  ޕީއެންސީގެ ވެރިކަމެއްގައި އެންމެ ފުރަތަމަވެސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާނެ ކަމަކީ ޤާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަންކުރުންކަމަށާއި، އެހެންކަމުން ޑރ. މުޢިއްޒުގެ އަގުވައްޓާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ މި ދަށު ދަރަޖައިގެ ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށް އެބަޔާނުގައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ