ދިވެހިބަހުން ނެރުނު ފުރަތަމަ ޤުރުއާނުގެ ތަފްސީރު ވެބްސައިޓު ލޯންޗުކޮށްފި

ފަހުގެ ޚަބަރު

ދިވެހިބަހުން ނެރުނު ފުރަތަމަ ޤުރުއާނުގެ ތަފްސީރު ވެބްސައިޓު ލޯންޗުކޮށްފިއެވެ.

ދިވެހިބަހުން ނެރުނު ފުރަތަމަ ޤުރުއާނުގެތަފްސީރު ވެބްސައިޓުއުފައްދާފައި މިވަނީ ތައުލީމީ ދާއިރާއަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ރާއްޖޭގައި ދެމުން އަންނަ ވިލާ ފައުންޑޭޝަނުގެ ފަރާތުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ފައުންޑޭޝަނުން ދިވެހި ބަހަށް ތަރުޖަމާކޮށްފައިވަނީ “އައްތަފްސީރުލް ވާޟިޙުލް މުޔައްސަރު” މި ފޮތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި “ބަޔާންވެގެންވާ ފަސޭހަ ތަފްސީރު”ގެ ނަމުގައި ނެރުނު މި ފޮތަކީ ދިވެހި ބަހުން ނެރުނު ފުރަތަމަ ގުރުއާނުގެ ތަފްސީލީ ތަފްސީރެވެ.

ވިލާ ފައުންޑޭޝަނުން ބުނީ މިހާރު އެ ތަފްސީރު، ވެބްސައިޓެއް މެދުވެރިކޮށް ކިޔާލެވޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އައިއޯއެސްއާއި އެންޑްރޮއިޑަށް ޚާއްސަ އެޕްލިކޭޝަނެއް ނެރޭނެކަމަށެވެ.

މި ފޮތް ތަރުޖަމާ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އައްޝައިޚް މުޙައްމަދު ޢަބްދުﷲއެވެ. ޕްރޫފްބެލީ އަބްދުﷲ އަބްދުލް މުހުސިނާއި އިޔާޒް ނަސީމެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި ތަރުޖަމާކޮށް ނިންމި މި ފޮތުގައި 6600 އަށްވުރެ ގިނަ ސަފްހާ ހިމެނެއެވެ.

އޮންލައިން ވެބްސައިޓެއްގެ ގޮތުގައި މި ފޮތް ޢާއްމުންގެ އަތްފޯރާފަށަށް ގެނެސްދިން ވިލާ ފައުންޑޭޝަނުން ބުނީ އެ ތަފްސީރުގެ ބޭނުން ވީހާވެސް ގިނަ ބަޔަކު ހިފުމަކީ އެ މަސައްކަތުގައި އުޅުނު އެންމެންނާއި ވިލާ ފައުންޑޭޝަންގެ އެދުމެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: