ހިޔާ ފްލެޓުގެ ބެލްކަނީގައި ކުއްޖަކު ތަޅުލި މައްސަލަ ބަލަން ފަށައިފި

ޚަބަރު ފަހުގެ

ހިޔާ ފްލެޓުގެ ބެލްކަނީގައި ކުޑަ ފިރިހެން ކުއްޖަކު ތަޅުލައި، ބަންދުކުރި މައްސަލަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ކުއްޖާ ތަޅުލާފައި ހުރި ވީޑިއޯގެ މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަމުން އަންނަ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިތުރު ތަފްސީލެއް ނުދީ، އެ ޓްވީޓުގައި ބުނީ ކުޑަކުދިންނާ ގުޅުން ހުރި އެ ފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު ކުރުމަކީ ކުޑަކުދިންގެ ކަރާމާތަށް ނުސީދާ ގޮތަކަށް އަސަރު ކޮށްފާނެ ކަމެއް ކަމަށެވެ.

އެހެންވެ، އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާނުކޮށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމަށް އެޗްއާރުސީއެމުން އެދުނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި، އެ ކުއްޖާ ބެލްކަނީގެ ދޮރުގައި ތަޅާތަން ފެނެ އެވެ. ވަރަށް ބާރަށް ރޮއެ، މަންމައަށް ގޮވާ އަޑު ވެސް ވީޑިއޯއިން އިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ