އަމިއްލަވަންތަކަން ގެއްލޭ ހިސާބަށް މިވަނީ ގޮސްފަ – ޑރ. މުއިއްޒު

ފަހުގެ ސިޔާސީ

އަމިއްލަވަންތަކަން ގެއްލޭ ހިސާބަށް މިވަނީ ގޮސްފައި ކަމަށް ޕީޕީއެމްޕިއެންސީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އދ.ދަނގެއްޗަށް ވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ހުރިހައި ރައްޔިތުން ވެސް ޤައުމީ ވިސްނުން އިސްކޮށް، ވޯޓުލާާން ނުކުތުމަށްމުޢިއްޒު ގޮވައިލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރަކީ، ޤައުމުގެ ކުރިމަގު ކަނޑައަޅާނެ ބުރު ކަމަށެވެ.

އިޤްތިޞާދު މި ވަނީ އަނދަވަޅަކަށް ވެއްޓިފައޭ،  އިޖްތިމާޢީ ޙާލަތު މި ވަނީ ވަރަށް ވެސް ބޮޑަށް ގޯޯސްވެފައި. އެހެންވީމަ، މި ހުރިހައި ކަމެއް ރަނގަޅު ކުރުމުގެފުރުޞަތު، އަޅުގަނޑުމެން، ކޮންމެ މީހަކަށް މި ލިބެނީ.” މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ ރައްޔިތުން އެމަނިކުފާނަށް ފުރުސަތު ދެއްވައިފިނަމަ، ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދެއްވުމުގައި އެމަނިކުފާނު ސާބިތުވެ ހުންނަވާނެ ކަމަށެވެ. އަދި ޤައުމުގެ މިނިވަންކަން ޔަޤީން ކޮށްދެއްވުމަށް ވެސް ވަޢުދުވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ