އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖޭޕީން ނިންމައިފި

ޚަބަރު ޢާޖިލް ފަހުގެ ސިޔާސީ

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.

ޖޭޕީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ 160 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެ ލީޑަރު، އޮނަރަބަލް ޤާސިމް އިބްރާހީމެވެ.

އިޝްތިހާރު
އިޝްތިހާރު

“އަޅުގަނޑުމެންނަށް ފެންނަން ހުރި ޑޮކިއުމެންޓްތަކުންވެސް އަޅުގަނޑުމެންނަށް ފެންނަން ހުރި ގޮތުންނާއި މި ހުރިހާ އެއްޗަކަށް ބަލާއިރު އަޅުގަނޑުމެން ދެއްކި ވާހަކަ އެއީ ތެދު ވާހަކަކަން އަޅުގަނޑުމެންނަށް ޕްރޫފް ވާތީއާއި އެކީގަ މިފަހަރު މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކޮށް ސައިލެންޓްކޮށް އަޅުގަނޑުމެން ތިބޭނީ،” ގާސިމް ވިދާޅުވި އެވެ.

 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ގޮސްފައިވަނީ އެމްޑީޕީ އާއި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރިފައިވާ ކެނޑިޑޭޓުންނެވެ. ފުރަތަމަ އިންތިޚާބުގައި ކުރި ހޯއްދަވާފައިވަނީ އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ 46.16 އިންސައްތައިންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 39.02 އިންސައްތައެވެ. އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނައިން ނުލިބޭތީ ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

 

ޖޭޕީން މިގޮތަށް ނިންމެވިއިރު، ގާސިމްއާއި ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ސަން އައިލެންޑްގައި ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. އަދި ރައީސް ޞާލިހް ދެ ދުވަހުގެ މުއްދަތަކަށް ސަން އައިލެންޑަށް ވަޑައިގެން ގާސިމްއާއިއެކުގައި ވަނީ ދެވަނަ ބުރަށް ތާއީދު ހޯދެއްވުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

 

ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑަައިގެންނެވީ 5،460 ވޯޓެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ