މައިގަނޑު އިގްތިސާދީ އަސާސްތައް މިވަނީ އެކޮޅުކޮޅުން ޖެހިފަ – ޑރ. މުއިއްޒު

ފަހުގެ ސިޔާސީ

މައިގަނޑު އިގްތިސާދީ އަސާސްތައް މިވަނީ އެކޮޅުކޮޅުން ޖެހިފައި ކަމަށް ޕީޕީއެމްޕީއެންސީގެ ރިރާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހދ. ކުރިނބީ ރައްޔިތުންނާ ބައްދަލުކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ ކުޑަ އާބާދީތަކަށް ކަންކަން ކުރެވޭ ވަރަށް ދައުލަތަށް ކޮންމެ މަހަކު ފައިސާ ވަންނަ ކަމަށާއި، ނަމަވެސް ކުރަން ނުޖެހޭ ހަރަދުތައް ކުރުމާއި، އިސްކަން ދޭންޖެހޭ ކަންކަމަށް އިސްކަން ނުދިނުމާއި. ފައިސާ ޗާޕުކުރުމާއި، މުސާރަދިނުމަށް ލޯނު ނެގުން ފަދަ ކަންކަން ސަރުކާރުން ކުރާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. މީގެ ސަބަބުން މައިގަނޑު އިގްތިސާދީ އަސާސްތައް މިވަނީ އެފުށްމިފުށަށް ޖެހިފައި ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ޑރ. މުއިއްޒުގެ ސަރުކާރެއްގައި އިގްތިސާދީ ސިޔާސަތު ހަމައަކަަށް އަޅުވާނެ ކަމަށާއި، ދައްކަންޖެހޭ ލޯނުތައް ދެއްކުމުގެ މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ގާތް ރަހުމަތްތެރި ބައެއް ދިމަދިމާލުން ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރުމުގެ ގޮތަތަކަށްގްރީން ސިގްނަލްލިބިފައި ހުރިކަން ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރާއްޖޭގެ އިގްތިސާދީ ސިޔާސަތު ހައްލުކުރުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ