ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ޚަބަރު ފަހުގެ

ރޭ ދަންވަރުގެ ވަގުތެއްގައި ގެއްލިގެން ހޯދަމުން ދިޔަ، އުމުރުން 50 އަހަރުގެ އިސްމާއީލް މާހިރު މާލެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހއ، ދިއްދޫ އަށް ނިސްބަތްވާ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ދިރިއުޅެމުންދާ މާހިރު ގެއްލުނު ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ރޭ ދަންވަރު އެކެއް ޖަހާކަން ހާއިރެވެ.

އިޝްތިހާރު
އިޝްތިހާރު

މާހިރުގެ އާއިލާ އާ ހަވާލާދީ ފުލުހުން ބުނީ، ހުކުރަށް ދާން ނުކުތް ފަހުން އޭނާގެ ހަބަރެއް ނުވި ކަމަށެވެ.

ހުކުރަށް ދިޔަ އިރު މާހިރު ލައިގެން ހުރީ މާ ޖެހި ހުދުކުލައިގެ ގަމީހަކާއި، ނޫ ކުލައިގެ ޖިންސެއް ކަމަށް ވެސް، އާއިލާ އާ ހަވާލާދީ ފުލުހުން މިއަދު ބުންޏެވެ.

އިތުރު ތަފްސީލެއް ހާމަނުކުރި ނަމަވެސް، ފުލުހުން ބުނީ މިއަދު ހަވީރު 4:40 ހާއިރު މާހިރު މާލޭން ފެނިއްޖެ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ