ކައުންސިލްތަކަށް ވަކި މިނިސްޓްރީއެއް އުފައްދާނެކަމަށް ޑރ. މުއިއްޒު ވައުދުވެވަޑައިގެންފި

ފަހުގެ ސިޔާސީ

ލޯކަލް ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިރޭ ހދ. ފިނޭއަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރު ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ގްރާންޓަކީ ކައުންސިލްތަކަށް އެންމެ އެކަށޭނަ ފަންޑެއް ނޫން ކަމަށެވެ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ ތެރެއިން ވެސް ކައުންސިލްތަކަށް ރަނގަޅުމިންވަރެއްގެ ފަންޑުތަކުގެ ފުރުސަތުތައް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށެވެ. އެ ކަންކަން ހަމަޖެއްސުމަށް ޓަކައި، އޭނާގެ ސަރުކާރެއްގައި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ފިނޭއަކީ ބިން ބޮޑު، ޓުއަރިޒަމްގެ ވިޔަފާރި ފުޅާކުރެވޭނެ ގުދުރަތީ ވަސީލަތްތައް ފުރިހަމަ ރަށެއް ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އެރަށުގައި އެ ކަމަށް އިންވެސްޓަރުން ހޯދައި އިންވެސްޓް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރަށުގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި މަގުތައްހެދުމުގެ މަސައްކަތް ވެސް ހިނގަން ވަނީ ޓުއަރިޒަމްގެ ވިޔަފާރިއަށް ފަހިވާ ގޮތަށް އަދި ރައްޔިތުންނަށް ވެސް އެއިން ފަސޭހަކަމާއި ލުއިތައް ލިބިދޭނެ ގޮތެއްހޯދައިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މުއިއްޒު ވަނީ 101،635 ވޯޓު ހޯއްދަވައިފަ އެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ. ދެވަނަ ބުރުގައި ދެން ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ