ހަނިމާދޫ ސައާދާ ޕުރީ ސްކޫލްގައި ބަހައްޓަން ހަމަޖެހިފައިވާ ވޯޓުފޮށި ބަހައްޓާ ތަން ބަދަލު ވެއްޖެ!

ހަނިމާދޫ

ރިޔާސީ އިންތިހާބުގައި ހަނިމާދޫ ސައާދާ ޕުރީ ސްކޫލްގައި ބަހައްޓަން ހަމަޖެހިފައިވާ ވޯޓުފޮށި ބަހައްޓާ ތަން ބަދަލު ވެއްޖެއެވެ.

އިލެއްކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުން ހަނިމާދޫ ގައި ބަހައްޓާ B01.01.1 ފޮށި މިފަހަރު ބައްހައްޓާނީ ހަނިމާދޫ ސްކޫލް ހޯލުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތަށް ހަމަޖެއްސުމުގެ ސަބަބެއްކަމަށް ބެލެވެނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިޔަށްދިޔައިރު ފޮށި ބައްހައްޓާފައިވާ ތަނުގައި ވޯޓުލާ ބޫތާ އޮބުޒާވަރުން، މޮނީޓަރުން އަދި ކެންޑީޑޭޓުުންގެ މަންދޫބުން ތިބޭ ތަނާ ގާނުން ބުނާ ދުރުމިން ނެތުމުން ޝަކުވާ އައުމާ ގުޅިގެންކަމަށް ބެލެވެއެވެ.

ފުރަތަމަ ބުރުގައި އެޝަކުވާ އައުމާއެކު އެބޫތު ވަގުތުން ބަންދުކޮށް އެއް ބޫތުން ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ހަނިމާދޫގައި ދެ ފޮށި  ބަހައްޓައެވެ. އެގޮތުން ހަނިމާދޫ 1 ނަންބަރު ވޯޓު ފޮށި ހަނިމާދޫ ހަނިމާދޫ ސްކޫލްގައި ބަހައްޓާއިރު، ފުރަތަމަ ބުރުގައި 772 މީހުންނަށް މިފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވިއެވެ.

މި ފޮށްޓަށް ވޯޓުލާނީ ހަނިމާދޫ އަމީނީމަގުގެ ދެކުނު ސަރަހައްދުގައި ހިމެނޭ ގޭގޭގައި ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ހަނިމާދޫ 2 ނަންބަރު ވޯޓު ފޮށި ބަހައްޓަނީ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައެވެ. ފުރަތަމަ ބުރު ޖުމުލަ 576 މީހުންނަށް މިފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވިއެވެ.

މި ފޮށްޓަށް ވޯޓުލާނީ ހަނިމާދޫ އަމީނީމަގުގެ އުތުރު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ