ފަޒުނާ ކެމްޕެއިނަށް ހިޔާ ސަރަހައްދަށް ވަޑައިގަތުމުން ދެކޮޅަށް އަޑުއުފުލައިފި

ފަހުގެ ސިޔާސީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދު ހޯއްދެވުމަށް އަނބިކަނބަލުން ފަޒްނާ އަހްމަދު ހުޅުމާލޭގެހިޔާ ފްލެޓްތައް ސަރަހައްދަށް ވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން މުޒާހަރާކޮށްފިއެވެ.

އިންތިޚާބުގެ ދެވަނަ ބުރަށް ދެ ހަފުތާއަށް ވެފައިވާއިރު ފުރަތަމަ ބުރާ ޚިލާފަށް މެޑަމް ފަޒްނާ ވަނީ ކެމްޕެއިން ކުރެއްވުމަށް މަގުމައްޗަށް ނިކުންނަވާފައެވެ. އެގޮތުން މާލެ އަދި ވިލިމާލޭގައި ވަނީ ޑޯޓްޑޯ އަށް ނުކުމެވަޑައިގަންނަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ހަވީރު ފަޒްނާ ވަނީ ކެމްޕޭން ޓީމަތަކާ އެކުގައި ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަންނަވާފައެވެ. އަރިހުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަދި ރައީސްޞާލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒު ވެސް ހުންނެވިއެވެ.

އިދިކޮޅަށް ތާއިދު ބޮޑުކޮށް ފެންނަ ހިޔާ ސަރަހައްދަށް ފަޒްނާ އާއި ކެމްޕެއިން ޓީމް ވަޑައިގަތުމުން އެ ސަރަހައްދުން ވަނީ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެނުރުހުން ފާޅުކޮށް އެ ރައްޔިތުންގެ ޝުއޫރު ވެސް ފާޅުކޮށްފައެވެ. އޭގެތެރެއިން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށުން އެސަރަހައްދުން ދުރަށް ގެންދިޔަ މަންޒަރު ވެސް ފެނުނެއެވެ.

ފުރަތަމަ ބުރުގައި ވޯޓުލާން ނުކުތް 225،486 މީހުންގެ ތެރެއިން ސައްޚަވީ، 220،651 ވޯޓުގެ ތެރެއިން ރައީސް ޞާލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެ ބުރުގައި ކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިލެއްވީ 101،635 ވޯޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ