ޖޭޕީގެ އާންމު މެމްބަރުން ޑރ. މުއިއްޒުއަށް ވޯޓު ދެއްވުމަށް ޑރ. ޝަހީމް އެދެފި

ފަހުގެ ސިޔާސީ

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހުރިހާ އާންމު މެމްބަރުން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުޑރ. މުޙައްމަދު މުއިއްޒުއަށް ވޯޓު ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީގެ ކައުންސިލުން އިއްޔެ ނިންމާފައިވާ ނިންމުމުގެ ސަބަބުން މެމްބަރުންގެ ހައްޤަށް އުނިކަމެއް އަތުވެދާނެ ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަށް ފެނިވަޑައިގަންނަވާތީ، ޖޭޕީގެ ނަން ބޭނުން ނުކޮށް، އެ މެމްބަރަކަށް ފެންނަކެންޑިޑޭޓަކަށް ތާއީދު ކުރުމާއި ވޯޓު ދިނުމަކީ އެ ޕާޓީގެ ކޮންމެ މެމްބަރެއްގެ ވެސް ޤާނޫނީ ހައްޤެއް ކަމަށް ޤާސިމަށް ފެނިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވުމާއި ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޖޭޕީގެ އާންމު މެމްބަރުން ޑރ. މުއިއްޒުއަށް ތާއީދުކޮށްދެއްވުމަށް ނުހަދު އަދަބު އިޙްތިރާމާއެކު އެދެން، އަޅުގަނޑުމެން އެންމެން ގުޅިގެން މި ޤައުމުތަރައްޤީކޮށް ބިނާކުރެވޭނެ، އިންޝާﷲޝަހީމް ގއ ޓުވީޓުގައި ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރުން ބޭނުން ކެންޑިޑޭޓަކަށް ވޯޓު ދެއްވުމަށް ޤާސިމް ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކެންޑިޑޭޓުންނަށް ތާއީދުކުރުމުގައި ނިއުޓްރަލްކޮށް ތިބުމުގެ އިޚްތިޔާރު ޤާސިމްއާއި ޖޭޕީގެ ކައުންސިލުން މަތިކުރުމުން ވެއަތުވެދިޔަ ތަނުގައި ކޯލިޝަން ހަދައިގެން ތިންފަހަރުވެސް ލިބުނު ހިތި ނަތީޖާއަށްފަހު މި އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ