ސިއްރު އެއްބަސްވުންތައް ހާމަ ކުރާަަނަން: އިދިކޮޅު

ފަހުގެ ސިޔާސީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޕީޕީއެމްޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބުކުރައްވައިފި ނަމަ، ރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު ހެދިފައިވާ އެއްބަސްވުންތައް ޤާނޫނު ތަންދޭ މިންވަރަކުން ހާމަކުރާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާނު މުޙައްމަދު ތަލާލު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަވަށްޓެރި އިންޑިއާއާއިއެކުގައި ހަދައިފައިވާ ސިއްރު އެއްބަސްވުންތައް ހާމަ ނުކުރަން ސަރުކާރުން އުޅޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުންދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، މުއިއްޒުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ބަލައި ދިރާސާކޮށް އާންމުކުރުން ހިމެނޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމެއް ހާމަކުރައްވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ