ދެވަނަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ފާރިސް ނިންމައިފި

ފަހުގެ ސިޔާސީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ފާރިސް މައުމޫން ނިންމަވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ފާރިސް، ދެވަނަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކެންޑިޑޭޓަކަށް ތާއީދުކުރުމާމެދު ގޮތެއް ނިންމުމަށް ފާރިސް ވަނީ ގިނަ ޝަރުތުތަކެއް އިންތިހާބުގެ ދެވަނަބުރުގައި އެމްޑީޕީއާއި ޕީއެންސީއަށް ހުށަހަޅާފައެވެ. ނަމަވެސް ފާރިސް މިއަދު ނިންމެވީ ދެވަނަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށެވެ.

ފާރިސް ވިދާޅުވީ، ރިޔާސީ އިންތިާބުގެ ފުރަތަމަބުރުގައި އޭނާއަށް މާބޮޑު ތާއީދެއް ލިބުނު ކަމަށް ނުދެކޭކަމަށާއި، އަދި އޭނާގެ މަގްސަދަކަށް ވީ ލިބުނު ފުރުސަތުގައި ދެ ކެންޑިޑޭޓުންނާ އެކު ވެސް ހުށަހެޅުންތައް ހިއްސާކޮށް، އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީން ބަލައިގަންނާނެ ކަންތައްތައް ސާފުކުރުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ