ޖޭޕީއާއި ޑިމޮކްރެޓްސްގެ މެޖޯރިޓީ ތާއީދު ލިބޭނެ: ރައީސް

ސިޔާސީ ފަހުގެ

ޖުމްހޫރީ ޕާޓީއާއި، ޑިމޮކްރެޓްސްގެ ގިނަ މެންބަރުންގެ ތާއީދު ދެވަނަ ބުރުގައި ލިބޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މާލޭގައި ދޮރުން ދޮރަށް ހިންގެވުމަށް މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަކަވަމުން ރައީސް ވިދާޅުވީ އިންތިޚާބުގައި ވަކި ކޮޅަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާ ޖޭޕީގެ ކައުންސިލުގެ ވަރަށް ގިނަ މެންބަރުންގެ އެންޑޯސްމެންޓް އިއްޔެއާއި، މިއަދު ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ޑިމޮކްރެޓްސްގެ ބޮޑު ބައެއް އަޅުގަނޑުމެންނާއެކު މަސައްކަތް ކުރުމަށް ނުކުމެ ވެސް އެބަތިބި އެހެންވީމަ، ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ އެންމެންގެ ތާއީދު މިހާރު ލިބެމުންދާ ވާހަކަ،” އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދޮރުން ދޮރަށް ކުރިއަށް ގެންދާއިރު ބައެއް މީހުން ފުރަތަމަ ބުރުގައި ވޯޓު ނުލާ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ފުރަތަމަ ބުރުގެ ނަތީޖާ ލިބިފައިވާ ގޮތުން އޭގެތެރެއިން ބައެއް މީހުން އެމީހުންގެ އަމިއްލަ ޓީމުތައް ހަދައިގެން އެމަނިކުފާނަށް ކެމްޕޭން ކޮށްދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

“އިރާދަކުރެއްވިއްޔާ ފަސޭހަ ކާމިޔާބީއެއް މިއިންތިހާބުގައިު އަޅުގަނޑުމެންނަށް ލިބިގެންދާނެ.” ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު 101،635 ވޯޓު ހޯއްދެވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ