އިންޑިއާ ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން ފާސްކޮށްފި

ޚަބަރު ފަހުގެ

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރު ކަމަށް އައިޝަތު އަޒީމާ އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، އިންޑިއާ ސަފީރު ކަމަށް އަޒީމާ އައްޔަނު ކުރުމަށް ފޮނުވާފައިވާ މައްސަލައިގައި ކޮމިޓީން ދިރާސާކުރި މައްސަލައިގައި ވޯޓަށް އަހާފަ އެވެ. އެގޮތުން އަޒީމާ އިންޑިއާ ސަފީރު ކަމަށް އައްޔަނު ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 79 މެންބަރުންގެ އިއްތިފާގުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އަޒީމާ ވަނީ 2019 އިން 2023 އަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުވެސް އަދާކުރައްވައިފަ އެވެ. އަޒީމާ މި ވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ މަގާމެއްގަ އެވެ.

އިންޑިއާ ސަފީރުގެ ގޮތުގައި މިހާރު ހުންނެވީ އިބްރާހީމް ޝަހީބު އެވެ. ޝަހީބުގެ ބަދަލުގައި އެ މަގާމަށް އަޒީމާގެ ނަން ހުށަހަޅާފައި ވަނީ ޝަހީބުގެ ސަފީރު ކަމުގެ ދައުރު ހަމަވާތީ އެވެ. ޝަހީބު އިންޑިއާ ސަފީރު ކަމުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 20 ނޮވެމްބަރު 2022 ގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ