ޑެޕިއުޓީ ޕީޖީ ސަމީރު އިސްތިއުފާދެއްވައިފި

ޚަބަރު ފަހުގެ

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަލީ ސަމީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޑެޕިއުޓީ ޕީޖީ ކަމަށް ބޭފުޅުން އައްޔަންކުރަނީ ޕްރޮސެކިއުޓާ ޖެނެރަލެެވެ. ސަމީރު އިސްތިއުފާ ދެއްވުމާ އެކު ޑެޕިއުޓީ ޕީޖީ ކަމުގައި ހުންނަވާނީ މަހުމޫދު ސަލީމް އެކަންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. ފަނޑިޔާރުކަމުން ސަމީރު އިސްތިއުފާދެއްވީ 2022 ވަނަ އަހަރެވެ. އޭނާ ވަނީ ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. ހައިކޯޓު ފަނޑިޔާރަކަށް އައްޔަނުކުރުމުގެ ކުރިން އޭނާ މަސައްކަތްކުރައްވާފައިވަނީ ސިވިލް ކޯޓުގައެވެ. އެ ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވިއެވެ.

ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވުމަށް ފަހު، މެލޭޝިޔާގެ އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަމީރު ޑެޕިއުޓީ ޕީޖީ ކަމަށް އައްޔަންކުރެއްވީ ކުރީގެ ޕީޖީ ހުސައިން ޝަމީމެވެ. އެ މަގާމަށް ސަމީރު އައްޔަންކުރީ މޭ، 2022 ގައެވެ.

އެކަމަކު، ޝަމީމް އެ މަގާމުން ވަކިކޮށް، މިދިޔަ އޭޕްރީލް 18 ގައި ޕީޖީގެ މަގާމަށް އައްބާސް ޝަރީފް ވަނީ އައްޔަންކުރައްވާފައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ