އިންޑިއާއިން ލޯނުނަގަން އުޅޭކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ޚަބަރު ފަހުގެ

އިންޑިއާއިން ލޯނުނަގަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަމަށް, ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން 3 ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާއިން ނަގަން ހުށަހަޅާފައިވާ ކަމަށް ބުނެ ލިޔެފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށާއި، އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިޔަށް ނުގެންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ފައިސާ ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ޓްރެޝަރީ ބޮންޑު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ވިއްކައިގެންނެވެ. އެގޮތުން 194 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު އެސްބީއައި މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ސަރުކާރުން އެދިފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ޚަރަދުކުރުމަށް ކަމުގައި އޮންލައިން ނޫސް ‘ދިޔަރެސް’ގައި ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ނިންމާފައިވާއިރު، މި ދަނޑިވަޅުގައި އެކި ފަރާތްތަކުން ސަރުކާރު ބަދުނާމުވާގޮތަށް ވާހަކަތައް ފަތުރަމުންދާތީ ސަރުކާރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެފަދަ ފިތުނަވެރި ދޮގު ނުފެތުރުމަށް އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ