ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރ ސަހުދީ އަދި ޖޭޕީ ހަނިމާދޫ ދާއިރާގެ ރައީސް އަނާން ސޯލިހުގެ ފަހަތަށް

ހަނިމާދޫ ފަހުގެ

ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރ ހުސެއިން ސަހުދީ އަދި ޖޭޕީ ހަނިމާދޫ ދާއިރާ ރައީސް އަނާން ސޯލިހަށް ތާއިދު ކުރަން ނިންމާފިއެވެ.

ނަން ނުޖެހުމަށް ސަރުތުކޮށް ވާހަކަ ދެއްކި ޖޭޕީ މެންބަރަކު ބުނީ މިއަދު މެންދުރު ވަގުތެއްގައި ހަނިމާދޫ ދާއިރާގެ ކުރީގެ މަޖިލީސް މެމްބަރ ހުސެން ސަހުދީ އާއި ޖޭޕީ ހަނިމާދޫ ދާއިރާގެ ރައީސް އަޙްމަދު އަނާން އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމްގެ ކެންޕޭން ހަނިމާދޫގައި ހިގުމަށް އެސިސްޓެންޓުން މެނޭޖަރަކަށް އުޅުނު ދާއުދު ރަޝީދު އެކަން ހާމަކުރާނެ ކަމަކަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖުމްހޫރީ ޕާޓީން މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ 160 ވަނަ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ނިންމި ފަހުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީގެ ކޮންމެ މެންބަރަކަށްވެސް އެ މެންބަރަކު ވޯޓުލާން ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓުލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިޔާއެކު އެޕާޓީގެ އިސްމަގާމް ތަކުގައި ތިބި ބައެއް މެބަރު އެމްޑީޕީ އަށް ސޮއިކުރިއިރު އަނެބައި މެންބަރު އެމެންބަރުގެ ދާއިދު އެމްޑީޕީ ގެ ރިޔާސީ ކެޑީޓޭޓް ރައީސް ސޯލިހަށް ކުރާކަން ވަނީ ހާމަ ކޮށްފައެވެ.

ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑަައިގެންނެވީ 5،460 ވޯޓެވެ. ހަނިމާދޫ ޖުމުލަ ލިބުނީ 80 ވޯޓެވެ.

ހަނިމާދޫގައި ޖުމުހޫރީ ޕާޓީގެ 5 ގޮފި ހަރަކާތްތެރިވާއިރު 300 އަށްވުރެ ގިނަ މެންބަރުން ތިބެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ