ހަސަން ލަތީފް ވެސް ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރައްވަނީ

ފަހުގެ ސިޔާސީ

ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަން ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ނިންމަވައިފި އެވެ.

އެ ޕާޓީގެ ވަގުތީ ޗެއާޕާސަންކަން ވެސް ކުރައްވާ ހަސަން ލަތީފް އެކަން އިއުލާން ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހަސަން ލަތީފްގެ އެ ޕޯސްޓްގައި ވަނީ ޕާޓީގެ މެންބަރުންގެ ތާއީދާއި އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކުރައްވައިފަ އެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު 2 ގަ އެވެ. އެގޮތަށް ފާސް ކުރީ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުން އިއްތިފާގުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ