ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހޯނޑެއްދޫގައި ތަރައްގީކުރި އިކޯ ޕާކު ހުޅުވާލައިފި

ޚަބަރު ފަހުގެ

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހޯނޑެއްދޫ ސްޕޯޓްސް އިން ތަރައްގީކުރިއޮޅަމައްތާ އިކޯ ޕާކުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލާއިފިއެވެ.

މި ޕާކުގެ އަޕްގްރޭޑިން އާއި އެކްސްޓެންޝަންގެ މަސައްކަތް ކުރުމަށް ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ވަނީ އެހީ ދީފަ އެވެ. މި ޕްރޮޖެކްޓަކީ ކޮންމެ އަހަރަކުވެސް އުދައިގެ އަސަރުކުރާ ދުވަސްވަރު ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ތަރައްގީކުރި ޕާކެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕްރޮޖެކްޓްގެ ދަށުން ވަނީ އަތިރިމަތީގައި ގަސް އިންދައި، ޕާކުގެ ވޯކްވޭ ސާފުކޮށް، ފަސް ބެންޗު ބަހައްޓައި ސޯލާ ލައިޓް ހަރުކޮށް، ހަޓު ބަހައްޓައި، ކުޅީގައިހެދޭ ގަސްގަހާގެއްސަށް ނާސަރީއެއް ހަދައިފައެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ހޯޑެއްދޫ ސްޕޯޓްގެ މެމްބަރު މަހްދޫން އާދަމް ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓްގެ ސަބަބުން އާއިލީ ގުޅުން ބަދަހިކުރުމަށް ހާއްސަ ސަރަހައްދެއް ލިބި، އިކޯ ޓުއަރިޒަމްގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށެވެ. އަދި އާންމުންގެ ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ހޭލުންތެރިކަން އިރުތުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ދީފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ