ދެވަނަ ބުރުގެ ވޯޓާސް ލިސްޓް އާންމުކޮށްފި

ޚަބަރު ފަހުގެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލެވޭ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަވީ 38،763 ފޯމް ކަމަށެވެ. އަދި ސައްހަކަން ކަށަވަރު ނުވީ 11،284 ފޯމް ކަމަށެވެ. ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުން ޝަކުވާ ހުށަހަޅަން ދިން 48 ގަޑިއިރުގެ މުއްދަތުގައި 361 ޝަކުވާއެއް ވަނީ ހުށަހަޅާފަ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި މައިގަނޑު ޝަކުވާ ލިބުނީ ސައްހަކަން ކަށަވަރު ނުކުރެވުނު ހުށައެޅުންތަކާއި ގުޅޭގޮތުންނެވެ. އަދި އެމީހާއަށް ނޭނގި އެމީހާގެ ނަމުގައި ސައްހަ ނޫން ފޯމް ހުށައަޅައިގެން ވެސް ބައެއް ޝަކުވާ ލިބުނު ކަމަށް ކޮމިޝަނުން ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ