އަދިވެސް ތާއީދުކުރަނީ ރައީސް ސޯލިހަށް – ޕްރޮފެސަރު އުގެއިލް

ފަހުގެ ސިޔާސީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ތާއީދު ކުރައްވާނީ ރައީސް އިބްރާހީމު މުހައްމަދު ސޯލިހަށް ކަމަށް ޕްރޮފެސަރު ހަސަން އުގައިލު ވިދާޅުވެއްޖެއެވެ.

މިއަދު ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައި ޕްރޮފެސަރު އުގެއިލް ވިދާޅުވީ ދެވަނަ ބުރުގައި ވެސް އޭނާގެ ތާއީދު އޮތީ ރައީސް ޞާލިޙަށް ކަމަށެވެ. އަދި އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި ސަރުކާރުން ނުވަތަ ވެރިއެއްގެ ކިބައިން އޭނާ ބޭނުންވާ އެއްވެސް އެއްޗެއް ނެތް ކަމަށް އުގެއިލް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުރަތަމަ ބުރުގައި ވެސް ރައީސް ސޯލިހަށް ތާއީދު ކުރެއްވި އުގައިލު މިއަދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ މިހާރު ރާއްޖެގައި ސިޔާސީގޮތުން އޮތް އެންމެ ހަރުދަނާ އަދި ތަޖުރިބާކާރު ޕާޓީ ކަމަށާއި ޑިމޮކްރަސީގެ އުސޫލުތަކާއި އަސާސްތަކަށް ތާއީދު ކުރާ ފަރުދެއްގެ ހައިސިއްޔަތުން ވޯޓު ދޭންބޭނުންވަނީ އެޕާޓީއަށް ކަމަށެވެ

އަޅުގަނޑުގެ ބޮލުގައި ފާޑުފާޑުގެ ދޮގު އިލްޒާމްތައް އަޅުވާނެކަން ވެސް އެނގޭ. ސަރުކާރުން ނުވަތަ ވެރިއެއްގެ ފަރާތުން އަޅުގަނޑު އަމިއްލަގޮތުން ބޭނުންވާ އެއްވެސް އެއްޗެއް ނެތް. އަޅުގަނޑަކީ ހަލާލުގޮތުގައި ހޯދާ ފައިސާއާއި މުދަލުން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ދިރިއުޅުން ސާދާގޮތުގައި ތަރުތީބުކުރަމުންކުރިއަށްދާ މީހެއް،އުގައިލު ވިދާޅުވިއެވެ.

ފުރަތަމަ ބުރުގައި އުގައިލު ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން އިއުލާން ކުރެއްވުމުން އުގައިލަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. އެގޮތުން ތާއީދުގެ ބަދަލުގައި އުގައިލު ނާޖާއިޒު މަންފާތަކެއް ހާސިލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ