އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ހަރުދަނާކުރުމަށް ވަކި ކުންފުންޏެއް އުފައްދައިފި

ޚަބަރު ފަހުގެ

އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ހަރުދަނާކުރުމަށް ވަކި ކުންފުންޏެއް މިއަދު އުފައްދައިފިއެވެ.

ވައިގެ ދަތުރުތައް މިހާތަނަށް މެނޭޖްކުރަމުން ދިޔައީ އެމްއޭސީއެލްގެ އެއާ ޓްރެފިކް މެނޭޖްމަންޓް ޔުނިޓުގެ ދަށުން، އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު އަދި ކޮންޓްރޯލް ޓަވަރުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް،މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސްގެ ނަމުގައި މިއަދު އުފެއްދި ކުންފުންޏާއެކު، އެއާ ޓްރެފިކްގެ ހުރިހާ ހިދުމަތެއް ބަދަލުވާނީ އެކުންފުނީގެ ދަށަށެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރައްވާފައިވަނީ ތަޖުރިބާކާރު އެއާޓްރެފިކް ކޮންޓްރޯލަރު މުހައްމަދު އަހުތަރުއެވެ.

ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ރާއްޖޭގައި ދަތުރުފަތުރުގެ ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި އެއާޕޯޓުތައް ގިނަވެގެންދިއުމާއި އަދި ސީޕްލޭން އޮޕަރޭޝަން އިތުރުވުމުގެ ސަބަބުން ވައިގެ ސަރަހައްދުގައި އުހުދޭ މަރިންދާ ބޯޓުތައް ގިނަވެފައިވަނީ އަންދާޒާކުރެވިފައިނުވާ މިންވަރަކަށެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދުގައި އެއްވަގުތެއްގައި އުދުހޭ ފްލައިޓުގެ އަދަދު 60 އަދި 70 މޫވްމަންޓަށް ގިނަވެފައިވާއިރު، އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ވަސީލަތްތަކަށް ވެސް ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އެއާ ޓްރެފިކް ކޮންޓްރޯލަށް ވަކި ކުންފުންޏެއް އުފެއްދީ ޗިކާގޯ ކޮންވެންޝަންގައިވާ ގޮތަށް ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގައި މި ހިދުމަތް ފޯރުކޮށްދިނުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ