ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި

ޚަބަރު ފަހުގެ

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިނިސްޓްރީން މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓްރީން ބުނީ ޝަރުތު ހަަމަވާ ކުންފުނިތަކަށް ހުއްދަދެވޭނީ 2 އަހަރުދުވަހަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ޢުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.

އަދި ޕްރޮޕޯޒަލްތައް ބަލައިގަންނާނީ 08 އޮކްޓޯބަރު 2023 އިން ފެށިގެން 24 އޮކްޓޯބަރު 2023ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުންކަމަށްވެސް ބުނެފައިވެއެވެ.

ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ 9ވަނަ މާއްދާގެ ރ ގައި، ޢުމްރާއަށް މީހުން ގެންދިޔުމަށް ކޮންމެ މީލާދީ އަހަރަކު 2 ފަހަރު އިޢުލާންކުރަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން މިއީ މިއަހަރުތެރޭ އިޢުލާންކުރެވޭ 2 ވަނަ ފަހަރެވެ.

މި އުސޫލުގެ 9 ވަނަ މާއްދާގައި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ، ޢުމްރާއަށް މީހުން ގެންދިޔުމަށް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް ދެވޭނެކަމަށް ބަޔާންކޮށްފައިވާއިރު، ހުއްދައަށް ހުޅުވާލުމާއެކު މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކާއި، ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ