އަދާލަތު ޕާޓީން މިތިބީ ރައީސް ސޯލިހުއާއެކު – ޝެއިހް އިމްރާން

ފަހުގެ ސިޔާސީ

ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޫޅާލިނަމަވެސް، އަދާލަތު ޕާޓީން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުއާއެކު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ އެމްޑީއޭއިން އެމްޑީޕީއާއެކު އެކުލަވާލި ކޯލިޝަން ރޫޅާލުމަށްފަހު ޕީޕީއެމްއަށް ތާއީދުކުރަން ނިންމެވުމާއި ގުޅިގެން،އަދާލަތުންވެސް އެފަދަ ނިންމުމެއް ނިންމަން އުޅޭކަމުގެ ޚަބަރުތައް ލިބޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގުކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ތޯރިގަށް ރައްދު ދެއްވަމުން އިމްރާން ވިދާޅުވީ ތޯރިގުމެން ފަދަ ބޭފުޅުން ފެނިވަޑައިގަންނަވަނީ ޤައުމާއި ރައްޔިތުންނަށް ހުރި ނުރައްކަލެއްގެ ސިފައިގައިކަމަށެވެ.

މަނިކުފާނަށް ހުވަފެނެއް ފެނިގެންތޯ ތިއުޅުއްވަނީ!؟ ރައީސް އިބޫއާއެކު ނިކުމެމިތިބީ މިގައުމާ ރައްޔިތުންގެ ހައްގުގައި. މި އިންތިޚާބުގަ ތިބޭފުޅުން ފެންނަނީގައުމާ ރައްޔިތުންނަށް ހުރި ބިރުވެރި ނުރައްކަލެއްގެ ގޮތުގަ. މާތްاللهގެ ވާގިފުޅާއެކު މި އިންތިޚާބު އަޅުގަނޑުމެން ކާމިޔާބުކުރާނަންއިމްރާން ވިދާޅުވިއެވެ.

އެމްޑީއޭއިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހުއަށް ތާއީދު ކުރަން ނުފެންނާތީ ޕީޕީއެމް-ޕީއެންސީއާއިއެކު ކުރިއަށް ދިއުމަށް ނިންމީ އެޕާޓީގެ 33 ކައުންސިލް މެމްބަރުންގެ ސާފު އަގުލަބިއްޔަތުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ