މާދަމާ އަތޮޅު ފެރީތަކުގެ ޚިދުމަތް މެދުކެނޑޭނެ: އެމްޓީސީސީ

ޚަބަރު ފަހުގެ

ޅުތަކުގައި ދަތުރުކުރާ އާންމު ފެރީތަކުގެ ޚިދުމަތް މާދަމާ މެދުކަނޑާލާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

 

އިޝްތިހާރު
އިޝްތިހާރު

މާދަމާއަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދުވަސްކަމަށްވާތީ، އަތޮޅުތަކުގައި ދަތުރުކުރާ އާންމު ފެރީގެ ޚިދުމަތްތައް މެދުކަނޑޭނެކަމަށް އެކުންފުނިން ބުނެއެވެ. ޙިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގައި ދަތުރުކުރާ ލަކުޑި ފެރީތަކުގެއެވެ.

 

ނަމަވެސް އެކުންފުނިން ތ، ލ އަދި މ. އަތޮޅުގެ އިތުރުން ޒޯން 6 އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލް ފެރީ ދަތުރުތަކުގެ ޚިދުމަތް ކުރިއެކޭވެސް އެއްގޮތަށް މެދުކެނޑުމެއްނެތި ލިބެމުންދާނެކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

 

އަތޮޅުތަކުގައި ދަތުރުކުރާ އާންމު ފެރީތަކުގެ ޚިދުމަތް މެދުކަނޑާލުމާގުޅިގެން ދިމާވެދާނެ ގޮންޖެހުންތަކަށް ކަސްޓަމަރުންގެ ކިބައިން އެމް.ޓީ.ސީ.ސީން ވަނީ މަޢާފަށް އެދިފައެވެ. އަދި މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެކުންފުނީގެ ހޮޓްލައިން 1650 އަކަށް ގުޅުމުން އެ މަޢުލޫމާތު ލިބިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ