ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ރަނިންމޭޓް ވޯޓުލައްވައިފި

ޚަބަރު ފަހުގެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމްޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފްވޯޓުލައްވައިފިއެވެ.

މުއިއްޒާއި ހުސައިން މުހައްމަދު ލަތީފު ވޯޓު ލެއްވީ ތާޖުއްދީން ސްކޫލުގައި ހުރި ވޯޓު ފޮއްޓަކަށެވެ. މުއިއްޒު ވޯޓު ލެއްވީ މިއަދު ހެނދުނު 8:45 ހާއިރުއެވެ. ހުސައިން މުހައްމަދު ލަތީފު ވޯޓު ލެއްވީ 8.15 ހާއިރުއެވެ.

އިޝްތިހާރު
އިޝްތިހާރު

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒު މިއަދު ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ގާނޫނީޒިންމާއެއް ކަމަށާއި އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރަށް ވޯޓުލުމަށް ލަސްނުކޮށް ވީހާވެސް އަވަހަށް ވޯޓުލުމަށް ދިޔުމަށާއި ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ދިޔުމަށްވެސް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ