ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދީފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ނިހާދަށް ހަމަލާ ދީފައިވަނީ ވޯޓުލުމުގެ މަސައްކަތުގައި އޭނާ ހަރަކާތްތެރިވަމުން ދަނިކޮށެވެ. ނިހާދަށް ގުރޫޕަކުން ހަމަލާދީފައިވަނީ ހިނގި ޒުވާބެއްގެ ތެރެއިންކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މި ހަމަލާއާއި ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނައިރު އޭނާއަށް ލިބުނު އަނިޔާގެތަފްސީލު އަދި ސާފުވެފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނެފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ގައިގައި ޖަހާފައިވާ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު 11.45 ހާއިރު ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ