ކުރިއަށް އޮތް ފަސް އަހަރަށް ދިވެހިރާއްޖޭގެ ރައީސަކީ ޑރ.މުޢިއްޒު

ޚަބަރު ފަހުގެ

ކުރިއަށް އޮތް ފަސް އަހަރުގެ ރިޔާސީ ދައުރަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު އިންތިޚާބުވެވަޑައިގެންފިއެވެ.

އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ބެހެއްޓި ހުރިހާ ފޮށިތަކެއް ގުނައި ނުނިމުނު ނަމަވެސް މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރައްވާނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒުކަން ވަނީ ކަށަވަރުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިހާތަނަށް 450 ފޮށީގެ ނަތީޖާ ދައްކާގޮތުން ޑރ. މުޢިއްޒު ވަނީ 89،926 ވޯޓާއެކު 54 ޕަސެންޓު ކަށަވަރުކުރައްވާފައެވެ. ބާކީ ނުގުނި 136 ފޮށި ހުރިއިރު މި ފޮށިތަކުން އިންތިހާބުގެ ނަތީޖާއަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ. ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށް މި ބުރުގައި ލިބިފައިވަނީ 45 ޕަސެންޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ